Thursday, May 6, 2010

ދިވެހި އަދަބިއްޔާތުގެ ރަންދައުރު




ތަޢާރަފް
ދިވެހި އަދަބިއްޔާތު ގެ ދައުރުތަކުގެ ތެރެއިން ލިޔުންތެރިކަން އެންމެ ކުރިއަރައިގެން ދިޔައީ ހިނގައިގަނެވުނު ދައުރުގައެވެ. މިއީ ގިނަ ޢިލްމުވެރިންނާއި ޝާއިރުންނާއި މުރުޝިދުން އުފެދިގެން ދިޔަ ދައުރެވެ. މިދައުރުގެ ފެށުން އައީ ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ، އަގުނުކުރެވޭފަދަ ޚިދުމަތްކޮށްދެއްވި މުޙައްމަދު އަމީންގެ މަސައްކަތާއި ހަމައިން ފެށިގެންނެވެ. އެމަނިކުފާނުވަނީ ދިވެހި އަދަބު ކުރިއެރުއްވުމުގެ ގޮތުން ތަފާތު އެތައް މަޢުޟޫތަކަށް ހައްދަވާއިފައިވާ ޅެންތަކާއި ލިޔުއްވާފައިވާ މަޒުމޫނުތަކާއި، އަދި އަސަރުގަދަ އިބްރަތްތެރި ވާހަކަ ތަކަކީ މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އަދބިއްޔާތު ކުރިއެރުވުމަށް މުހިއްމު ތަކެއްޗެވެ.މުޙައްމަދު އަމީން އަކީ ވަރަށް މަތިވެރި ދަރަޖައަކަށް ފަރުވާ ބެހެއްޓެވި، ޢިލްމުވެރި ޢިލްމަށް ލޯބި ކުރެއްވި ޝަޚްޞިއްޔަތެކެވެ. ވާހަކަ ދެއްކެވުމާއި، ލިޔުއްވުމުގައި އެފަދަ ކުޅަދާނަ ދިވެއްސަކު ނުފެންނަ ފަދަ މުގައްރިރެކެވެ. ލިޔުންތެރި އެކެވެ. ކުޅަދާނަ ޝާޢިރެކެވެ. މުޙައްމަދު އަމީން އަކީ ދިވެހި އަދަބިއްޔާތު ގެ ހިގައިގަނެވުނު ދައުރުގައި އެންމެ ފާހަގަކޮށްލެވުނު އަދީބުންގެ ސަފުގައި ގުނާލެވޭނެ ޚިދުމަތްތެރި އަދީބެކެވެ.
މުހައްމަދު އަމީން އަކީ އެންމެ ހިނގާ އެއް ދުލުގެ ވެރިޔާ އެކެވެ.ކުޅަދާނަ ދިވެހި އަދީބެކެވެ. ލިޔުންތެރި އެކެވެ. ވަރަށް ގިނަ ތާރީޚީ ލިޔުންތަކާއި، ދިވެހި ބަހުގެ ގަވާޢިދު ފޮތްތަކާއި، މަޒުމޫނުތައް ލިޔުއްވައި، ނޫސްތައް އުފައް
ދަވައި، ލިޔުންތައް ޗާޕުކޮށް ނެރެފައި ވެއެވެ


މަސައްކަތް
ތިޔަދަރިވަރަކީ ދިވެހި އަދަބިއްޔާތުގެ ދިރާސާކުރަމުންދާ ދަރިވަރެކެވެ. މިފަހަރުގެ މަސައްކަތަށް މުޙައްމަދު އަމީންގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވައި އެމަނިކުފާނުގެ ބައޮގްރަފީއެއް ލިޔެދޭށެވެ

.
މަސައްކަތް ކުރަންވީ ގޮތް
ތިޔަދަރިވަރު ލިޔާ ބައޮގްރަފީގައި ތިރީގައިވާ ކަންތައްތަކުމައްޗަށް އަލިއަޅުވާލައްވަން ވާނެއެވެ.
· މުޙައްމަދު އަމީންގެ ނަސަބު
· ޒަވާޖީ ޙަޔާތްޕުޅު
· ޙަޔާތުގެ ކުރީކުޅު
· ފާހަގަ ކުރެވޭ ސިފަތައް
· ތަޢުލީމީ ޙަޔާތް ވެއަތުކުރަގޮތް
· އަދަބީ ޚިދުމަތްތައް
· ލިޔުއްވި ފޮތްތައް
· ހަދާންތަކާއި ބިނާތައްޙަޔާތުގެ ފަހުދުވަސް.

ސިޓީ ލިޔުމުގެ ހުނަރު 1

ސިޓީ ލިޔުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިދޭނެ!!

http://www.4shared.com/file/JPAErwAG/Sity-SSC.html

ބޮޑުބެރު ޖަހަމާ

http://rapidshare.com/files/384257120/boduberu_lava.html

ދޭހައަކީ އެނގޭ އެނގުމެވެ.

http://rapidshare.com/files/384251550/DHEYHA__SSC_.pptx.html

ސިޓީ ލިޔުމުގެ ހުނަރު ތަރައްޤީ ކޮށްލަމާ

http://rapidshare.com/files/384243580/SITEE__SSC_.pptx.html

Wednesday, May 5, 2010

ރާޒުވާއަކީ ވަރަށް ފޯރިގަދަ ކުޅިވަރެއްކަން އެނގިލައްވާތޯ

1- ރަޒުވާ ގޮނޑިމަތީގައި މަނާ ހިނގާގޮތް ބުނެދޭށެވެ؟

2- ރަޒުވާ ގޮނޑިމަތީގައި މަންތިރި ހިނގާގޮތް ބުނެދޭށެވެ؟

3- ރަޒުވާ ގޮނޑިމަތީގައި އަސްދުވާގޮތް ބުނެދޭށެވެ؟

4- ރަޒުވާ ގޮނޑިމަތީގައި ބޮޑުބޯ ދުއްވާގޮތް ބުނެދޭށެވެ؟

5- ބޮނދު ދުވާގޮތް ބުނެދޭށެވެ؟

މަތީގައިވާ ސުވާލުތަކުގެ ޖަވާބު ދިނުމަށް މި ސައިޓު ޚިޔާރުކުރައްވާށެވެ!

http://www.fanvai.info/kulhivaru/187-2008-12-12-21-39-09.html