Thursday, May 6, 2010

ދިވެހި އަދަބިއްޔާތުގެ ރަންދައުރު

ތަޢާރަފް
ދިވެހި އަދަބިއްޔާތު ގެ ދައުރުތަކުގެ ތެރެއިން ލިޔުންތެރިކަން އެންމެ ކުރިއަރައިގެން ދިޔައީ ހިނގައިގަނެވުނު ދައުރުގައެވެ. މިއީ ގިނަ ޢިލްމުވެރިންނާއި ޝާއިރުންނާއި މުރުޝިދުން އުފެދިގެން ދިޔަ ދައުރެވެ. މިދައުރުގެ ފެށުން އައީ ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ، އަގުނުކުރެވޭފަދަ ޚިދުމަތްކޮށްދެއްވި މުޙައްމަދު އަމީންގެ މަސައްކަތާއި ހަމައިން ފެށިގެންނެވެ. އެމަނިކުފާނުވަނީ ދިވެހި އަދަބު ކުރިއެރުއްވުމުގެ ގޮތުން ތަފާތު އެތައް މަޢުޟޫތަކަށް ހައްދަވާއިފައިވާ ޅެންތަކާއި ލިޔުއްވާފައިވާ މަޒުމޫނުތަކާއި، އަދި އަސަރުގަދަ އިބްރަތްތެރި ވާހަކަ ތަކަކީ މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އަދބިއްޔާތު ކުރިއެރުވުމަށް މުހިއްމު ތަކެއްޗެވެ.މުޙައްމަދު އަމީން އަކީ ވަރަށް މަތިވެރި ދަރަޖައަކަށް ފަރުވާ ބެހެއްޓެވި، ޢިލްމުވެރި ޢިލްމަށް ލޯބި ކުރެއްވި ޝަޚްޞިއްޔަތެކެވެ. ވާހަކަ ދެއްކެވުމާއި، ލިޔުއްވުމުގައި އެފަދަ ކުޅަދާނަ ދިވެއްސަކު ނުފެންނަ ފަދަ މުގައްރިރެކެވެ. ލިޔުންތެރި އެކެވެ. ކުޅަދާނަ ޝާޢިރެކެވެ. މުޙައްމަދު އަމީން އަކީ ދިވެހި އަދަބިއްޔާތު ގެ ހިގައިގަނެވުނު ދައުރުގައި އެންމެ ފާހަގަކޮށްލެވުނު އަދީބުންގެ ސަފުގައި ގުނާލެވޭނެ ޚިދުމަތްތެރި އަދީބެކެވެ.
މުހައްމަދު އަމީން އަކީ އެންމެ ހިނގާ އެއް ދުލުގެ ވެރިޔާ އެކެވެ.ކުޅަދާނަ ދިވެހި އަދީބެކެވެ. ލިޔުންތެރި އެކެވެ. ވަރަށް ގިނަ ތާރީޚީ ލިޔުންތަކާއި، ދިވެހި ބަހުގެ ގަވާޢިދު ފޮތްތަކާއި، މަޒުމޫނުތައް ލިޔުއްވައި، ނޫސްތައް އުފައް
ދަވައި، ލިޔުންތައް ޗާޕުކޮށް ނެރެފައި ވެއެވެ

މަސައްކަތް
ތިޔަދަރިވަރަކީ ދިވެހި އަދަބިއްޔާތުގެ ދިރާސާކުރަމުންދާ ދަރިވަރެކެވެ. މިފަހަރުގެ މަސައްކަތަށް މުޙައްމަދު އަމީންގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވައި އެމަނިކުފާނުގެ ބައޮގްރަފީއެއް ލިޔެދޭށެވެ

.
މަސައްކަތް ކުރަންވީ ގޮތް
ތިޔަދަރިވަރު ލިޔާ ބައޮގްރަފީގައި ތިރީގައިވާ ކަންތައްތަކުމައްޗަށް އަލިއަޅުވާލައްވަން ވާނެއެވެ.
· މުޙައްމަދު އަމީންގެ ނަސަބު
· ޒަވާޖީ ޙަޔާތްޕުޅު
· ޙަޔާތުގެ ކުރީކުޅު
· ފާހަގަ ކުރެވޭ ސިފަތައް
· ތަޢުލީމީ ޙަޔާތް ވެއަތުކުރަގޮތް
· އަދަބީ ޚިދުމަތްތައް
· ލިޔުއްވި ފޮތްތައް
· ހަދާންތަކާއި ބިނާތައްޙަޔާތުގެ ފަހުދުވަސް.

ސިޓީ ލިޔުމުގެ ހުނަރު 1

ސިޓީ ލިޔުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިދޭނެ!!

http://www.4shared.com/file/JPAErwAG/Sity-SSC.html

ބޮޑުބެރު ޖަހަމާ

http://rapidshare.com/files/384257120/boduberu_lava.html

ދޭހައަކީ އެނގޭ އެނގުމެވެ.

http://rapidshare.com/files/384251550/DHEYHA__SSC_.pptx.html

ސިޓީ ލިޔުމުގެ ހުނަރު ތަރައްޤީ ކޮށްލަމާ

http://rapidshare.com/files/384243580/SITEE__SSC_.pptx.html

Wednesday, May 5, 2010

ރާޒުވާއަކީ ވަރަށް ފޯރިގަދަ ކުޅިވަރެއްކަން އެނގިލައްވާތޯ

1- ރަޒުވާ ގޮނޑިމަތީގައި މަނާ ހިނގާގޮތް ބުނެދޭށެވެ؟

2- ރަޒުވާ ގޮނޑިމަތީގައި މަންތިރި ހިނގާގޮތް ބުނެދޭށެވެ؟

3- ރަޒުވާ ގޮނޑިމަތީގައި އަސްދުވާގޮތް ބުނެދޭށެވެ؟

4- ރަޒުވާ ގޮނޑިމަތީގައި ބޮޑުބޯ ދުއްވާގޮތް ބުނެދޭށެވެ؟

5- ބޮނދު ދުވާގޮތް ބުނެދޭށެވެ؟

މަތީގައިވާ ސުވާލުތަކުގެ ޖަވާބު ދިނުމަށް މި ސައިޓު ޚިޔާރުކުރައްވާށެވެ!

http://www.fanvai.info/kulhivaru/187-2008-12-12-21-39-09.html

Tuesday, May 4, 2010

ދިވެހި ބަހުގެ ފެންވަރު ރަނގަޅުކުރުމަށް އެދޭނަމަ

ތިރީގައިވާ ސައިޓަށް ފިއްތަވާލައްވާ

http://www.fanvai.info/dhivehi/maadhareebas.html

ޅެންވެރިންގެ މުތްތަކަށް ނަޒަރ ހިންގާލާއިރު

ޅެން މާނަކުރުން
ބިރެއްހުރިނަމަ މިޔާމެދުގައި ކުރާނީ ކާކުހޭ އިންކާރު
ދުލުން ބުނެލާ ބަހުން ހިތުގައި އުފެދިގެން ރޯވަމުންދާ ފާރު
އަލުން އެއަކަށް ފަސޭހަވުމެއް ނެތޭ މޮޅު ބޭހަކުން ކަނޑިފާރު
ރިހުން ހިތުގައި ހުރޭ ނުފިލާ ދެވޭ ދޮގު އެންމެ ހެކިވބަހަކުން
ފަހުން ޤަލަމާ ދުލުން ކުރިޔަސް އެތައް ތެދު ހުވަޔަކުން އިޤްރާރު
ގުނޭނެ ގޮތެއް ނެތޭ ދުނިޔޭން ލަފާ މީހުންގެ ގިންތީގައި
ބުނާ ބުނުމާ ޢަމަލު ސީދާ ނުވުންތައް ވެއްޖެނަމަ ތަކުރާރު
ވެވޭ އަގުދަށް "މި ވިޔަފާރިން" މޮޅާ ދެރަތަކެތި އޮޅުވާލާ
ދެވޭ ޤަދަރެއް ނެތޭ ދުވަހަކު، ކިތައްމެ ތިމާ ވިޔަސް ހުޝިޔާރު
ދުލަށް ލުޔަކަސް ދުލުން ބޭރަށް ފިރާލާ އެންމެ ކަތި ބަހަކުން
މުލައްދަނޑިއަށް އޮތަސް ބާރެއް ނެތޭ އަނބުރާ ލިބުން އިތުބާރު

ރައިވަރުގެ މާނަ ލިޔުން
ދޭނަމޭ ލަނޑުހިތާ (---------------------------------------)
ރޭމި ނުކިޔާ އިނީމާ (--------------------------------------)
ގޭމަކިބައިން މޮޔަގަނޑާ (--------------------------------------)
ނޭތަރައިވަރު ހުސްވެދާ (-------------------------------------)
ކޭތެދެ ވެޑުނު ތަނަކުވާމަ (-------------------------------------)
ގޭހުއްޓާ ނޭވާމަ (-------------------------------------)
މާނަ: ------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

އަދަބިއްޔާތު
1. އަރިއަތޮޅު އަރުމާދުގައި ވަނީ ކޮންކަހަލަ ވާހަކަތަކެއްތަ؟
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
2. އެދުރު ޢުމަރު މާފަތްކަލޭފާނު ތިންބަހާއި ހަބަހުގެ މައްޗަށް ރައިވަރުގެ ހަމަ ހިފެހެއްޓެވުމުގެ ކުރިން ރައިވަރުތައް
ހަދާ އުޅުނީ ކިހިނެއްތަ؟
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
3. "ޒުހުރުލް ކަމާލާތު ފީ އަޙްކާމިލް ޢިބާދާތު" މިފޮތަށް ދިވެހިން ކިޔާފައިވާ މަޝްހޫރު ނަމަކީ ކޮބާ؟
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
4. ދިވެހިބަހުގެ އައްވަލުލް އުސްތާޒަކީ ކޮބާ؟
---------------------------------------------------------------------------------------------------------------------------
5. ސުއްކަތުރާ ޚަބަރުގައި ހުރީ ކޮންކަހަލަ ވާހަކަތަކެއްތަ؟

6. ދިޔޯގެ ރައިވަރު ފޮތުން ފާހަގަކުރެވޭ ކަންތައްތަކަކީ ކޮބާ؟
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

ޝާޢިރުގެ ޤަލަމުން

އަދަބުން ސަމާސާ ކޮށްލަމާ!!!

ސަމާސާ ވިހަވަނީ ކީއްވެ؟

ކޮންމެ ފަރުދަކީވެސް އެކަކު އަނެކަކާ ތަފާތު މީހެކެވެ. ކޮންމެ މީހެއްގެވެސް ތަފާތު ރައްޓެހިން އުޅޭނެއެވެ. އެކިމީހުންނަށް ރަނގަޅުވަނީ އެކިގޮތަށް އުޅޭ މީހުންނެވެ. ބައެއް މީހުންނަށް ތަންކޮޅެއް މަޖާ ސަމާސާކޮށް އުޅޭ މީހަކު ކަމުގޮސްދާނެއެވެ. އަނެއްބައި މީހުންނަށް ސީރިއަސް، ހަރުދަނާ ވާހަކަދައްކާ މީހުން ކަމުގޮސްދާނެއެވެ. އެކަމަކު ކޮންމެ މީހަކީވެސް ކޮންމެވެސް އިމެއްގެ ތެރޭގައި ސަމާސާކޮށް މަޖާކުރާނެ މީހެކެވެ. ތަފާތަކީ އެމީހަކު ސަކަރާތްޖަހާ މަޖާކުރަން ޚިޔާރުކުރާގޮތެވެ.
ރަހްމަތްތެރިންގެ މެދުގައި ސަކަރާތްޖަހައި މަޖާކުރުމީ ރަހްމަތްތެރިކަން އިތުރުވެ، ރަހްމަތްތެރިކަން އާލާވާ ކަމެކެވެ. ނަމަވެސް ސަމާސާ ވިހަވާ ހިސާބުން މިކަން މީގެ އިދިކޮޅަށްޖެހޭ ފަހަރުވެސް މަދެއް ނޫނެވެ. މާގިނައިން ބަޔަކު ސަމާސާ ކުރަންޏާ ސަމާސާ ވިހަވެދާނެކަމަށް، މީހުން ވަރަށް ގިނައިން ބުނެއުޅެއެވެ. އެހެނީ މާގިނައިން ސަކަރާތްޖަހަންޏާ އިމުން ބޭރުވެ ވަރަށް ފަސޭހައިން ސަމާސާ ވިހަވެއެވެ. ގިނަފަހަރަށް ސަމާސާ ވިހަވަނީ ސަމާސާ ކުރުމުގައި ހައްދުފަހަނައަޅައި ދިއުމުންނެވެ. ދިމާކޮށް މަޖާކުރުމުގައިވެސް އިމެއް އޮންނަންވާނެއެވެ. އަދި ވަގުތެއްވެސް އޮންނަންވާނެއެވެ. ތިމާ ހަމަ ސަކަރާތްޖަހާ ހިތްވާއިރަށް ސަކަރާތްޖެހުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަނެއް މީހާގެ "މޫޑު" ހުރިގޮތެއްވެސް ސަކަރާތް ޖެހުމުގެ ކުރިން ބަލައިލުން މުހިއްމެވެ.
އަލަށް ފެންނަ މީހަކާ ނުވަތަ ރަނގަޅަށް ނުދަންނަ މީހަކާ ސަމާސާކުރާނަމަ، އޭނާ ރަނގަޅަށް ދަސްނުވަނީސް ސަމާސާކުރުން އެހައި ބުއްދިވެރިއެއް ނޫނެވެ. ގޮތް ނޭންގި ސަމާސާކޮށްފިނަމަ ސަމާސާ ވިހަވުން ވަރަށް ގާތެވެ. ގިނަފަހަރަށް އަލަށް ފެންނަ މީހަކާ ދިމާކުރުމުން އެކަމާ އޭނާ ހިތްހަމަ ނުޖެހުނަސް އެވާހަކަ ބުނަން ވަރަށް އުނދަގޫ ވާނެއެވެ. އެއީ އޭނާ ރަނގަޅަށް ނުދަންނާނެތީއެވެ. މިކަމުގެ ސަބަބުން ތިމާގެ އަގު ފުރަތަމަ ފަހަރުން އޭނާގެ ކުރިމަތީގައި ވެއްޓުންވެސް ވަރަށް ގާތެވެ.
ސަމާސާކުރުން ދެން އެންމެ އަވަހަށް ވިހަވަނީ ސަމާސާ ކުރުން އިމުން ބޭރުވާ ހިސާބުންނެވެ. މީހަކާ ދިމާކޮށް އޭނާ މުޅިން އެމީހެއްދެކެ ފޫހިވާ ވަރަށްވެސް ބައެއް މީހުން ދިމާކުރެއެވެ. އަނެއްބައި ފަހަރު ސަމާސާކުރުމުގައި މީހަކަށް ކިތައްމެ ބޮޑު ދެރައެއް ނުވަތަ އަނިޔާއެއްވެސް ނޭނގުމުގެ ތެރޭގައި ދެވިދާނެއެވެ.
ސަމާސާކުރުމަކީ މައްސަލައެއް ނޫނެވެ. ރަހްމަތްތެރިންގެ މެދުގައި އެކުވެރިކަން އާލާކުރަން ސަމާސާކުރަންވާނެއެވެ. އެއިރުން ދިމާވެފައި ހުންނަ ކުދިކުދި ކަންތައްތަކުގެ މަތިން ހަނދާންނެތި، ފޫހިކަން ފިލައި ހިނިތުންވުން ގެނެސްދޭނެއެވެ. އެކަމަކު ސަމާސާކުރުމުގައި އަނެކާގެ ގޮތް ބަލައި އިމެއްގެ ތެރޭގައި ސަމާސާކުރުން މުހިއްމެވެ. 5މެއި 2008ގެ ހަވީރުނޫހުން ނަގާފައި